ބުދަދުވަހު މާވަރުލު އެއަރޕޯޓަށް ދަތުރުތައް ފަށަނީ

މާވަރުލު އެއަރޕޯޓަށް ބުދަދުވަހު ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މާވަރުލު އެއަރޕޯޓަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އަގު އުޅެނީ 827 ރުފިޔާގައިކަމަށެވެ. މޯލްޑިވިއަންއަށް ގުޅައިގެން ބުކިން ހެދުމުގެ ފުރުސަތުވެސް އެ ކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ.

މި އެއަރޕޯޓްގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ބާއްވާފައި ވަނީ މިއަހަރުގެ މާރިޗުމަހުގެ 11 ވަނަ ދުވަހުއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!