މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ފޮނުވިގޮތަށް ފާސްކޮށް، އަސްލަމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރު މުޙައްމަދު އަސްލަމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 59 މެމްބަރުންގެ ވޯޓާއިއެކުގައެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ ނަންބަދަލުކޮށް މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ބަދަލުކުރުމަށް ހުށަހެޅި މައްސަލަވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ. މިމައްސަލަ މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 ވޯޓާއިއެކުގައެވެ.