IruOnline

ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

އުމުރުން ހައެއްކަ އަހަރުގެ ކުޑަ ދެ ކުދިން ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސް މީޑިއާ ގައި އާންމުވެއްޖެއެވެ.

މީސް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވާ މަންޒަރެވެ. އެ ކުޑަ ދެ ކުދިންގެ އުމުރާ ނުގުޅޭ އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް، މީސްމީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާ މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ރަސްމީކޮށް ލިބިފައި ނުވިނަމަވެސް މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ފުލުހުންނާއި ގުޅިގެން މި މައްސަލަަ ބަލަމުން ދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ވީޑިއޯއާ އެކު ގިނަ ބައަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއް މައިންބަފައިންގެ އިހުމާލުވަމުންދާ މިންވަރާ މެދުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ބައެއް މީހުން ދަނީ މުއައްސަސާތަކަށް އިނގިލި ދިއްކުރަމުންނެވެ.

  1. ގޭގެ ބޮޑު މީހެއް ވީޑިއޯ ކުރީ ދޯ. އެކަމަކު ވެސް ގޯސް ވާންވީ އެހެން ބައެއް.

    15
    3

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!