ކެލާ ބަނދަރުގެ ފޭސް 2 ގެ މަސައްކަތް ފަށައިފި

ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 2 ކޮންސްޓްރަކްޝަން މަސައްކަތްތައް އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

އެމްޓީސީސީއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، މޫރިންގް ބޮއި އިންސްޓޯލްކުރުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދެވަނަ ފިޔަވަށްސަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކެލާ ބަނދަރުގައި 30 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 220 މީޓަރުގެ ރިވެޓްމަންޓް ޖަހާ، 50 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް މަގު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

ދަޢުލަތުގެ ބަޖެޓުން 17.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައި ވަނީ 30 ޖުލައި 2019 ގައެވެ. އަދި މަަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!