IruOnline

ގިނަ ފެން ބިލުތަކަކަށް އެއް ފަހަރާ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

ޗެކުގެ ބަދަލުގައި ގިނަ ބިލުތަކަކަށް އެއް ފަހަރާ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެމްޑަބްލިޔުއެސްސީން ހަމަޖައްސައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ގޭބީސީތަކާއި މުއައްސަސާތަކާއި ވިޔަފާރިތަކުގެ ތެރެއިން، ޗެކް މެދުވެރިކޮށް ފައިސާ ދައްކަވާ ފަރާތްތަކަށް އޮންލައިން ޓްރާންސްފަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

ކޯވިޑްއާ ގުޅިގެން އެމްޑަބްލިޔުއެސްސީން ވަނީ އާއްމު ގޭބީސީތަކުގެ ވަކިވަކި ބިލްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. ނަމަވެސް ގިނަ ބިލުތަކަކަށް އެއް ފަހަރާ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމެއް ކުރިން ނޯވެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!