ފޮޓޮ: ޕީއެސްއެމް

ކުޑަކުދިންނަށް އާ އެނިމޭޓެޑް ޕްރޮގްރާމެއް

ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ” ޓެލީއާއެކު ކޮއްކޮމެން” ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

‘ޓެލީއާއެކު ކޮއްކޮމެން’ ގެ ނަމުގައި ޔުނިސެފްގެ އެހީތެރިކަމާއި އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންނުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން މަންހަޖުގައި ހިމެނޭ ބައެއް އަގުތަކާ ސިފަތަކާ އަދި ކޯވިޑްއިން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ބައެއް ކަންކަމުގެ މައުލޫމާތު ލިބިގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ދައްކާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު 14:15 އިން 14:45 އަށް ދިވެހި ޗެނަލްއިންނެވެ.

މިޕްރޮގްރާމު އެކުލެވިގެންވާނީ 20މިނިޓްގެ، 15 އެޕިސޯޑް ގެ މައްޗަށެވެ. މިގޮތުން ލިޔަން ކިޔުމަށް އިސްކަން ދީގެން ހިމަނާފައިވަނީ، ދިވެހި، އިނގިރޭސި، އަރަބި އަކުރު އަދި ހިސާބު މާއްދާއެވެ. ކޮންމެ އެޕިސޯޑެއްގައި ކޯވިޑްގެ މަޢުލޫމާތަށް ހާއްސަ ބައެއް އެކުލެވިގެންވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!