މާލެ ޖަލުން ނެގި 101 ސާމްޕަލް ނެގެޓިވް

މާލޭ ޖަލުން ނެގި 101 ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ރޭ ވިދާޅުވީ، މާލެ ޖަލުން ނެގި 101 ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.

މާލޭ ޖަލުގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ޖަލެއްގައި މަސައްކަތް ކުރާ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެގޮތުން ސާމްޕަލްތައް ނަގާފައިވަނީ މާލޭ ޖަލުގެ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ޤައިދީންނާއި ބަންދުމީހުން އަދި 7 ވެއިޓަރުންގެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!