ސޯފީ ވިހަން ދެން މާގިނަ ދުވަހެއް ނެތް

ލަވަކިއުމުގެ ދާއިރާއިން މަޝްހުރު 3 ބެއިންގެ ބޭންޑްއެއް ކަމުގައިވާ ޖޯނަސް ބްރްދާސްގެ ޖޯއީ ޖޯނަސް އާއި އަނބިމީހާ ސޯފީ ޓާނާ ގެ ކައިވެންޔަށް މިހާރު އަހަރެއްހާ ދުވަސް ވަނީއެވެ. މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ކުރިއަށް އޮތް މަދު ދުސްކޮޅުގެ ތެރޭގައި ވިހާނެކަމަށް ވަނީ ހަބަރު ލިބިފައިއެވެ. ނަމަވެސް ރަސްމީކޮށް މީޑިއާއާއި މި ހަބަރު ހިއްސާކޮށްފައިއެއް ނުވެއެވެ.

މި ދެމަފިރިން މީސްމީޑިއާގައި ފާޅުކޮށް މިވާހަ ނުދެއްކި ކަމުގައިވިޔަސް އާއިލާއާއި ގާތް ތައްޓެހިންނަށް މިކަން މިދިޔަ ފެބްރުއަރީގައި ވަނީ އެގިފައިއެވެ. މީ އެދެމަފިރިންގެ ފުރަތަމަ ދަރި ކަމުގައި ވާތީ ތިބީ ނުހަނު އުފަލުން ކަމުގައިވެއެވެ.

މި ދެމަފިރިން މަގުމަތީގައި ހިނގާފައިދާ ވީޑިއޯ އެއް އާންމުވެފައި ވާއިރު ސޯފީ ގެ ބަނޑު ވަރަށް ރީތިކޮށް ފެނިގެންދެއެވެ.

ޖޯއީ އާއި ސޯފީ ކައިވެނި ކުރީ މިދިޔަ އަހަރުގެ ގެ މޭ އެއްވަނަ ދުވަހުއެވެ. މި ދެމީހުން 2016 އން ފެށިގެން އައީ ޑޭޓް ކުރަމުންނެވެ. ރައްޓެހިންނާއި އާއިލާއާއި އެކު ކުޑަގޮތަކަށް ބޭއްވި ކައިވެނި ކުރެވިގެން ދިޔައީ ލަސްވޭގަސްގައިއެވެ.

ސޯފީ ބެލުންތެރިންގެ މެދުގައި މަގުބޫލު ކަން ހޯދާފައިވަނީ ގޭމް އޮފް ތްރޯންގެ އިން ސާންސާ ސްޓާކްގެ ރޯލުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!