IruOnline

ޕްރިންސް ވިލިޔަމްގެ ޑްރީމް ޖޮބް ދޫކޮށްލީ ރާނީގެ ރުހުން ނުލިބުން

ކުއީން އެލިޒިބަތް ގެ މާމަދަރިކަލުން ޕްރިންސް ވިލިޔަމް އެބޭފުޅާގެ ޑްރީމް ޖޮބް ދޫކޮށްލީ ރާނީގެ ރުހުން ނުލިބުމުގެ ސަބަބުންނެވެ. އާމީ އޮފިސަރެއްގެ ގޮތުގައި ފޮރޮންޓްލައިންގައި ހަރަކާތްތެރިވުމަށް ރާނީ ނުރުހުން ވީ ރަސްކަމާ އެންމެ ކާރިން ދެވަނަ މީހާ ކަމަށް ވާތީއެވެ.

ޕްރިންސް ވިލިއަމްސް ހެލްކޮޕްޓާރ ޕައިލެޓްކަމަށް ޓްރެއިން ވީވެސް މި ހުވަފެން ހާސިލް ކުރުމުގެ ގޮތުންވެ. ރާނީގެ ސަބަބުން ޕްރިންސް ވިލިއަމްގެ ޑްރީމް ޖޮބް ދޫކޮއްލިކަމުގައި ވިޔަސް އެ ބޭފުޅާ އެކަމާ މިހާރު ކަންބޮޑު ނުވާކަމަށް ވެއެވެ.

ޕްރިންސް ވިލިއަމް އާއި ހިލާފަށް ކޮއްކޮ ޕްރިންސް ހެރީ ވަނީ ކައިވެނި ކުރުމަށްފަހު ރޯޔަލް ފެމެލީއާއި ވަކިވެފައިއެވެ. އަދި މިހާރު އެ އާއިލާއާއި ދުރުގައި އެމީހުން ދަނީ ދިރިއުޅުން އާބާދު ކުރަމުންނެވެ.

ޕްރިންސް ވިލިއަމް ކޭޓް މިޑްލްޓަން އާއި ކައިވނި ކުރީ 2011 އަހަރު ގައިއެވެ. އެ ކައިވެންޔަށް މިހާރު ވަނީ 3 ކުދިން ލިބިފައިއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!