އެންއީއޯސީއަށް ދާ ޕީއެސްއެމްގެ ކެމެރާމަނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް ދާ ޕީއެސްއެމްގެ ކެމެރާމަނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޕޮޒިޓިވް ވެފައިވަނީ އެންއީއޯސީއަށް ކުރިން ދިޔަ ކެމެރާމަން އެކެވެ. އަދި އޭނާއަކީ ކުރިން ޕޮޒިޓިވް ވެފައި ވާ ޕީއެސްއެމްގެ އެހެން ސްޓާފަކާ އެކީގައި މަސައްކަތަ ކުރާ މެންބަރެކެވެ.

މި ކަމާ ގުޅިިގެން މައުލޫމާތު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޕޮޒިޓިވް ވި ކެމެރާމަން މި ޖޫންމަހުގެ 8 ވީ ހޯމަ ދުވަހުގެ ފަހުން އެންއޯއީސީއަށް ގޮސްފައި ނުވާ ކަަމަށެވެ. އަދި އެންއޯސީގައި، އެތަނުގެ ފަރާތުން ހަމަޖައްސާފައި ތިބޭ ކެމަރާމަނުންނާއި ޓެކްނީޝަނުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް ކަމަށާއި، އެންއޯއީސީއަށް ކުރިން ގޮސް އުޅުނު ޕީއެސްއެމްގެ ޓެކްނީޝަނެއް ޕޮޒިޓިވް ވި ފަހުން، ޕީއެސްއެމްގެ ޓެކްޓީނަޝުން އެންއޯއީސީގައި މަސައްކަތް ނުކުރާ ކަމަށެވެ.

ޕީއެންސީގެ ކެމެރާމަނަކު ޕޮޒިޓިވް ވެފައި ވާއިރު، އެ ކެމެރާމަން އާއި ޑައިރެކްޓް ކޮންޓެކްޓް ވި އިތުރު މީހަކު މިހާރު ވަނީ އައިސޮލޭޓް ކޮށްފައިކަން ވަނީ އެނގިފައެވެ. އައިސޮލޭޓް ކުރި ޑައިރެކްޓް ކޮންޓެކްޓަކީ ދިވެހިރާއްޖޭގެ އަޑުގެ ސްޓާފެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!