ކޮވިޑްއާއި ގުޅިގެން 397 މީހަކަށް ބޯހިޔާވަހިކަން ފޯރިކޮށްދިން

ކޮވިޑް-19ގެ މާލޭގައި ފެތުރެން ފެށުމާއެކު ފުރަބަންދު ކުރުމުގެ ސަބަބުން މަގުމަތިވި 397 މީހަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒުލްފިޝާން އަބްދުލް ކަމާލުއްދީން ވިދާޅުވީ މިހާތަނަށް ވަގުތީ ބޯހިޔާވަހިކަން 397 މީހަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ޒުލްފިޝާން ވިދާޅުވީ ކުލި ނުދެއްކިގެން 252 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރއިން 112 މީހުންނަށް ވަގުތީ ހިޔާ ފޯރޮކޮށްދީފައިވާ ކަމަށެވެ. ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސުކޫލްތައް ބޭނުންކުރި ނަމަވެސް ސުކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ވަގުތީ ހިޔާ ތަކުގައި ތިބި ފަރާތްތައް ޔޫތް ހޮސްޓަލް އާއި ޔޫތް ކޮމްޕްލެކްސް އަށް ބަދަލުކޮށްފައިވާ ކަމަށް ޒުލްފިޝާން ވިދާޅުވި އެވެ.

“ފުރަތަމައިނުން އަޅުގަނޑުމެން ފެށިއިރު ގާތްގަނޑަކަށް 20 ވަރަކަށް މީހުން ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސް މިހާ ހިސާބަތްއައިރު އަޅުގަނޑުމެނަށް 397 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ވަނީ،” ޒުލްފިޝާން ވިދާޅުވި އެވެ.

މީގެއިތުރުން ޔުނިސެފްގެ އެހީތެރިކަމުގައި 553 ކެއަރާ ޕެކޭޖުގައި ބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށާއި މިނިސްޓްރީގެ ފަރާތުން 273 ކެއަރ ޕެކޭޖް ވަކި ވަކި އާއިލާތަކަށް ވަނީ ފޯރުކޮށްދީފައި ކަމަށް ޒުލްފިޝާން ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަ ޖަމިއްޔާތައް މެދުވެރިކޮށް 9 ކެއާ ޕެކޭޖް ފޯރުކޮށްދީފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!