IruOnline

މިއާ ޚަލީފާގެ މޫނުން ތަފާތެއް ފާހަގަވޭތަ؟

ކުރީގެ އެޑަލްޓް ތަރި އަދި މިހާރު ސްޕޯޓްސް ބްލޮގާއެއް ގޮތުގައި ހަރަކާތްތެރިވާ މިއާ ޚަލީފާ، ނޭފަތް ކުޑަކުރަން އޮޕަރޭޝަނެއް ކޮށްފިއެވެ.

“ޓީއެމްޒީ” އިން ރިޕޯޓުކުރާ ގޮތުގައި، ސްކާލެސް ނޯސް ރައިނޯޕްލާސްޓީ ސާޖަރީއެއް މިއާ ހަދާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި އެ ސާޖަރީއަށްފަހު އޭނާ މިހާރު ހުރި ގޮތުގެ ފޮޓޯއެއްވެސް ވަނީ އެ މެގަޒިންއާ ހިއްސާކޮށްފައެވެ.

މިއާ ހެދި ސާޖަރީއަށް 15،000 ޑޮލަރު ހޭދަކުރިއިރު، އޭނާ ބުނީ އުމުރުން 14 އަހަރުން ފެށިގެން އޭނާގެ ނޭފަތް ހުންނަ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ނޭފަތް ކުޑަކުރަން ސާޖަރީއެއް ހަދަން ބޭނުންވެފައި ހުންނަތާ ފުދޭވަރަކަށް އަހަރުތަކެއް ވެއްޖެކަމަށާއި، ނަމަވެސް އެ ނޭފަތާއި، ބުމައާއި އޭނާ އަޅާ އައިނަކީ މިއާގެ “ސިގްނޭޗާ ލުކް” އަށް ވެފައި އޮތުމުން، ބަދަލެއް ގެންނަން ޖެހިލުންވީ ކަމަށް މިއާ ބުންޏެވެ.

މިއާގެ ނޭފަތް ސާޖަރީ ކޮށްފައި

ކޮންމެއަކަސް، މިއާ މިވަނީ އެންމެފަހުން އެ ހުވަފެން ކާމިޔާބު ކޮށްފައެވެ. އަދި މިހާރު ލިބިފައިވާ “އާ ނޭފަތުގެ” ޝުކުރު ހައްގުވަނީ ކޮސްމެޓިކް ސާޖިއަން ޑރ. ދީޕަކް ޑުގާ އަށް ކަމަށް މިއާ ބުނެއެވެ. ޑރ. ދީޕަކް އަކީ، ބެވާރލީ ހިލްސްގައި މަސައްކަތް ކުރާ މަޝްހޫރު ކޮސްމެޓިކް ސާޖިއަން އެކެވެ. އެގޮތުން، އެތައް ސެލެބްރީޓީންނެއްގެ ސާޖަރީ މީގެކުރިން ވެސް ހަދާދީފައިވެއެވެ.

ނޭފަތް ކުޑަކުރުމާއި، ތުންފަތް ބޮޑުކުރުމަށް ހަދާ ސާޖަރީ ތަކަކީ ބޭރު ޤައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ.

މިއާ ޚަލީފާ، 27، އެޑަލްޓް އިންޑަސްޓްރީއަށް ވަނީ 2014 ވަނަ އަހަރެވެ. ނަމަވެސް އޭގެ ޖެހިގެން އައި އަހަރު މިއާ ވަނީ އެ މަސައްކަތް ކުރުން ހުއްޓާލައިފައެވެ. އަދި އެއީ އޭނާއަށް ޙަޔާތުގައި އެޅުނު ޅައެއްޗެއް ކަމަށާއި، ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް މިއާ ވަނީ އެއްބަސްވެފައެވެ. ހަމައެހެންމެ، އެދުވަސްވަރު މިއާގެ “ޅަ ސިކުނޑީގެ” ފައިދާ ނަގާފައިވާ ކަމަށްބުނެ މިއާ ވަނީ އެޑަލްޓް އިންޑަސްޓްރީގެ ޕްރޮޑިއުސަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. މީގެ އިތުރުން، މިއާ މިހާރު އަންނަނީ، އެފަދަ މަގަކުން ނުދިޔުމަށް ޒުވާން އަންހެން ކުދިންނަށް ނަސޭހަތްތެރިވެސް ވަމުންނެވެ.

 1. ބަތޫލް ކަލޭ ކައިރީގައި ބުނިތަ އޭނަ ނޯސް ޖޮބެއް ނުހެދިގެން މޮޔަވާ ވާހަކަ؟ ނޫނީ އޭނަ ހިތުން އޭނަ އަކީ މިއާ އޭ؟ ކަލެއަށް ކިހިނެއްތަ ތިހާ މޮޅަށް ތި އިނގުނީ ބަތޫލް އެކަމެއް ނުކުރެވިގެން މޮޔަވާ ކަމެއް ވެސް؟ ބަލަދު އަރާ މީހެއްތަ ކަލޭ ތީ؟ މަންމަ ތަ؟ ބައްޕަ ތަ؟ ފްރެންޑްސް؟ އޯކޭ މައްސަލައެއް ނެތް، މިސާލަކަށް ބަތޫލް ނޯސް ޖޮބެއް ހަދަން ވިސްނީޔޯ، ދެން ކަލެޔައް ކޮން ބަލާއެއް….

  1
  0
 2. ކަލޭ ކައިރީގައި ބަތޫލް ބުނިތަ އޭނަ ނޯސް ޖޮބެއް ނުހެދިގެން މޮޔަ ވާ ވާހަކަ؟ ނޫނީ އޭނަ ހިތުން އޭނަ އަކީ މިއާ އޭ؟ ބަތޫލް އަށް ބަލަދު އަރާ މީހެއްތަ ތީ؟ ދެން ކަލޭ ހިތުން ކަލޭ ތީ ކާކުތަ ވަކި؟ ހެންޑެއްޔޭ ނުވީދިބަލަ

  0
  0
 3. ތިބާ ހެއްދެވި ފަރާތައް ބިރުވެތިވޭ! ނޫސްވެރިކަމުގެ ނަމުގަ ފިތުނަތައް ޢާންމުނުކުރޭ!

  0
  0
 4. މިހާރު މިއުޅޭ ބަތޫލްވެސް ދެން އުޅޭނީ ނޯސް ޖޮބެއް ނުހެދިގެން …. ހިތުން މިއާ ވިއްޔާ ލޮލް

  1
  3

ތާނަ ލެޓިން އިން ލިޔުއްވާ!