IruOnline

ނިދާއިރު އިސްޓާކީން ލާންޖެހެނީ މިހެންވެ

އިސްޓާކީނަކީ އަހަރެމެން ދިވެހިން ގިނަފަހަރަށް ބޫޓަށް އަރާއިރު ބޭނުންކުރާ އެއްޗެކެވެ. ނޫނީ ފިނިން ސަލާމަތްވުމަށްޓަކައި މަދުން ނަމަވެސް ފަޔަށް އިސްޓާކީނު ލައެވެ. އާދަވެގެން ނިދާގަޑީގައި ފަޔަށް އިސްތާކީނު ލައްވާނަމަ އޭގެ ފައިދާ ވަރަށް ބޮޑެވެ. މިހެން ބުނުމުން ފަހަރުގައި ހައިރާންވެދާނެއެވެ. އެހެން ނަމަވެސް މި ލިޔުން ކިޔާ ނިމޭއިރު ތިޔައިން ކޮންމެ މީހަކަށް މީގެ ބޭނުންޖެހޭނެއެވެ.

އަރާމު ނިންޖަކުން ނޫނީ ފުން ނިންޖަކުން ނިދާލުމަކީ ކޮންމެ މީހެއްގެވެސް ސިކުނޑި ތާޒާވެ ހަށިގަނޑުގެ ވަރުބަލިކަން ފިލުވާލާ ކަމެކެވެ. ނިދާގަޑީގައި ފަޔަށް އިސްޓާކީނު ލުމުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައި ލޭގެ ހިގުން ހަމައަކަށް އެޅެއެވެ. މިކަމުގެ ސަބަބުން އަވަހަށް ނިދިއައުމާއި ފުން އަރާމު ނިންޖަކަށް މަގުފަހިވެއެވެ.

ފައިގެ ހަންބޯވެ ފަޅަފަޅައިގެން ދިއުމަކީ އަހަރެމެންގެ ތެރެއިން ގިނަބަޔަކު ތަހައްމަލުކުރަމުންދާ މައްސަލައެކެވެ. އެކަމަށްވެސް އޮތް ހައްލަކީ އިސްޓާކީނެވެ. ރޭގަނޑު ނިދުމުގެ ކުރިން ފައިގައި ތެޔޮ ނުވަތަ ލޯޝަން ކޮޅެއް ހާކާލާފައި އިސްޓާކީނަށް އަރާށެވެ. އިސާހިތަކު ފައިގެ ހަންގަނޑަށް ބަދަލު އަންނަކަން ފާހަގަ ވާނެއެވެ.

މިކަމުގެ ފައިދާ ދެނެގަތުމަށްޓަކައި މިކަން އަމިއްލަފުޅަށް ތަޖުރިބާ ކޮއްލައްވާށެވެ. މިއީ ތިމާއަށް ހިތްހަމަޖެހުން ގެނުވާނެ ތަޖުރިބާއަކަށް ވާނެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!