3 މީހަކަށް ޓްރީޓޮޕްގެ ވެންޓިލޭޓަރުގައި ފަރުވާދެނީ

ރާއްޖެއިން ޕޮސިޓިވް ވި 3 މީހަކު އޮތީ ޓްރީޓޮޕްގެ ވެންޓިލޭޓަރުގައި ކަމަށް ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ތިން މީހަކަށް ފަރުވާދެމުން ގެންދާކަމަށެވެ

އަދި މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އެ އެންމެން ވެސް ތިބީ ވޯޑުގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 2305 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 417 މީހަކަށެވެ. އަދި 1875 މީހުން ރަނގަޅުވެ، 8 މީހަކު ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!