IruOnline

ތެލުގެ ވަގު ވިޔަފާރި މައްސަލަ ރިވިއު ކުރަނީ

އެސްޓީއޯ މެދުވެރިކޮށް ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއާއި ގުޅިގެން ރައީސް ނަޝީދުގެ ވެރިކަމުގައި އިގިރޭސިވިލާތުގެ ގްރާންޓް ތޯޓަންއާއި ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓުގެލިޔުންތައް އޭސީސީގައި އެބަހުރިކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީން ބުނީ އެ މައްސަލައަކީ، 2011 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށެވެ. 

އަދި، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްގެންދެވޭ ވަރަށް މައުލޫމާތު ނެތްކަމަށް 2018 ވަނަ އަހަރުގެ މޭ 8 ވަނަ ދުވަހު ވަނީ އެކޮމިޝަނުން ކަނޑައަޅާފައި ކަމަށް ވެސް އޭސީސީން ބުނެ އެވެ. ނަމަވެސް، މި މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަން އޭސީސީން ވަނީ ވިދާޅުވައެވެ.

މިމައްސަލަ އަކީ އެސްޓީއޯގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި އުފެއްދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއިން ބޭރުގައި ހިންގި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައެވެ. މަނީ ލޯންޑަރިންގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ގިނަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ފާމަކަށް ހަވާލުކުރި ރައީސް ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!