ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އަދިވެސް މިދަނީ ބަލަމުން: ފުލުހުން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަދިވެސް އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 2 މީހުން ދޫކޮށްލާފައިވާ ވީނަމަވެސް މިމައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން އެ ދެ މީހުން ދޫކޮށްލެވިފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލާގައި ތަޙުޤީޤު ކުރިއަށްދާ ވަރަކުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ހާމަކުރަމުންދާނެކަމަށްވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!