IruOnline

ސުޝާންތުގެ ޖަނާޒާގައި އަހަންނާ ވާހަކަ ދެއްކީ ހަމައެކަނި ކްރީތީ: ސުޝާންތުގެ ބައްޕަ

މީގެ ދެހަފްތާ ކުރިން ދަންޖެހިގެން އަމިއްލައަށް މަރުވި ބޮލީވުޑު އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތުގެ ވާހަކައަށް އަދިވެސް ނިމުމެއް ނާދެއެވެ. އެގޮތުން، ސުޝާންތުގެ ބައްޕަ ކޭ.ކޭ. ސިންގު ވަނީ ދަރިފުޅުގެ މަރާ ބެހޭގޮތުން ދާދިފަހުން އިންޑިއާގެ ނޫހަކަށް އިންޓަވިއުއެއް ދީފައެވެ.

ކޭ.ކޭ. ސިންގު ބުނިގޮތުގައި، ސުޝާންތުގެ ޖަނާޒާއަށް ވަރަށް ގިނަ ތަރިން ހާޒިރުވި ކަމަށާއި، އެކަމަކު އޭނާއާ އިސްވެ ވާހަކަދެއްކީ އެންމެ މީހަކު ކަމަށެވެ. އެއީ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ކްރީތީ ސެނޮން ކަން ކޭ.ކޭ. ސިންގު ހާމަކުރިއެވެ. “އަހަންނަކަށް ނޭނގޭ ވަކި ކުރާކަށް ކާކު ކަމެއް، އެކަމަކު އަހަރެން ކައިރީގަ މީހަކު ބުނި އަހަންނާ ޖެހިގެން އިނީ ކްރީތީއޭ”، ސުޝާންތުގެ ބައްޕަ ބުންޏެވެ.

ކްރީތީ ސުޝާންތުގެ ބައްޕަ ކައިރީގައި ދެއްކީ ސުޝާންތުގެ ރަނގަޅު ވާހަކަ ކަމަށް ވެސް ބައްޕަ ބުންޏެވެ. “އެކަމަކު އަހަރެން ނުދައްކަން އެއްވެސް ވާހަކައެއް. އަހަރެން އިނީ މަޑުމަޑުން އޭނަގެ ވާހަކަތައް އަޑުއަހަން”، ވާހަކަ ދައްކާނެ ހިތްވަރު އެދުވަހު ނެތް ކަމަށްބުނެ ކޭ.ކޭ. ސިންގު ބުންޏެވެ. ހަމައެހެންމެ، ކޮރޯނާވައިރަސްގެ ސަބަބުން، އެ ޖަނާޒާގައި އެންމެން ތިބީ މާސްކު އަޅައިގެން ދުރު ދުރުގައި ކަން ވެސް އޭނާ ފާހަގަކުރިއެވެ.

އެ އިންޓަވިއުގައި ކޭ.ކޭ. ސިންގު އިތުރަށް ބުނީ، އޭނާގެ ދަރިފުޅު ސުޝާންތަކީ ވަރަށް ގިނަ ހުވަފެންތަކެއް ދެކެމުން އައި މީހެއް ކަމަށެވެ. އަދި އޭނާ ނިސްބަތްވާ ބިހާރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭން ވެސް އަޒުމު ކަނޑައެޅި ކަމަށް ބުންޏެވެ. އެގޮތުން ބިހާރުގައި ސްކޫލުތަކާއި، ކޮލެޖުތަކާއި ހޮސްޕިޓަލުތައް އަޅައިދޭން ބޭނުންވާ ކަމަށް ސުޝާންތު ބުނެފައިވާ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. “އެކަމަކު އޭގެން އެއްވެސް ކަމެއް ފުރިހަމަ ނުކުރެވި އުޅެނިކޮށް ވަކިވެގެން އެ ދިޔައީ”، ހިތާމައާއެކު ކޭ.ކޭ. ސިންގް ބުންޏެވެ.

ސުޝާންތު ޖޫން 14 ވަނަ ދުވަހު މަރުވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. އަދި އޭނާ އެންމެ ފަހުން ކުޅެފައިވާ “ދިލް ބެޗާރާ” ފިލްމު އޮންލައިން ޕްލެޓްފޯމެއްގައި އެޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ފިލްމަކީ ސުޝާންތުގެ ފޭނުންނަށް ދޭ ހަދިޔާއެއް ކަމަށް ފިލްމުގެ އިތުރު ތަރިން ބުނެފައިވެއެވެ.

  1. މީގެ ދެހަފްތާ ކުރިން ދަންޖެހިގެން އަމިއްލައަށް މަރުވި
    މި ޖުމްލައިގައި “އަމިއްލައަށް މަރުވި” މި އިބާރާތުގެ ބަދަލުގައި “އަމިއްލައަށް މަރުވިކަމަށް ބުނާ” މިގޮތަށް ލިޔުއްވުން އެދެން.
    އަމިއްލަ އަށްކަމެއް ބަޔަކު މަރާލީކަން ސީދާ ކަށަވަރު ނުވާ ކަންކަން. ޝުޝާންތު މަރުވުމުގެ އެއްދުވަސް ކުރިން އެ ގޭ ސީސީޓީވީ ކެމެރާ މަސައްކަތް ނުކުރޭ. ގިނަ ހެކިތައް ހުރީ ބަޔަކު ޝުޝާންތު މަރާލީ ކަމަށް. ޝުޝާންތުގެ ފިލްމެއް އަޅުވަން ތައްޔާރުވެފަ އޮތީ. ޝުޝާންތުގެ މެނޭޖަރ މަރުވި ޝުޝާންތު މަރުވުމުގެ 1 ހަފްތާ ކުރިން. މެނެޖަރ މަރުވީ މަތިން ވެއްޓިގެން ކަމަށް ވަނީ. ވަރަށް ޕްލޭންކޮށް ކޮށްފައި އޮތް ކަމެއް. ފިލްމު އުފައްދާ މީހުން ވަރަށް މޮޅުވާނެ ހަޤީޤީ ހާދިސާއެއްވެސް އެގޮތަށް ހިންގާލަން. ވަރަށް ވާހަކަ.

    89
    5

ތާނަ ލެޓިން އިން ލިޔުއްވާ!