މީ ޕައިތޯން މަސާޖް، ކަޑަ؟

މަސާޖަކީ ވެސް އޭގެން އެތައް ފައިދާ ތަކެއް ލިބިދޭ އެއްޗެކެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމެކެވެ. ހަށިގަނޑާއި ސިކުޑީގެ ވަރުބަލިކަން ފިލުވާލުމަށް ގިނަ ބަޔަކު ކޮށްއުޅޭކަމެއް ވެސްމެއެވެ.

ބުނެވޭގޮތުގައި މަސާޖުގެ ސަބަބުން ހުރިހާ ވިސްނުމަކާއި ދުރުކޮށްލާ ހަށިގަނޑަށް އަރާމެއް ގެނެސްދެއެވެ. އެކަމަކު މީ ވަރަށްތަފާތު މަސާޖެކެވެ. މި މަސާޖުގެ ނަމަކީ ޕައިތޯން މަސާޖްއެވެ. ގަބޫލް ކުރެވޭ ގޮތުގައި މިފަދަ މަސާޖެއް ކުރެވޭނީ ނިކަން ހިތްވަރު ހުރި ބިރު ކުޑަ މީހަކަށެވެ.

މިއީ ފިލިޕީންސްގެ ކިއުބު ސިޓީ ޒޫގައި 4 ޕައިތޯން ބޭނުންކޮއްގެން ކުރެވޭ މަސާޖެކެވެ. ފުރާނައަށް ނުރައްކާ ކޮށްފާނެ މި ޖަނަވާރު ގައިމަތީގައި އިންސާނާއަށް އެއްވެސް ގެއްލުމެއް ނުދީ އުޅޭއުޅުން ޤަބޫލުކުރަންވެސް އުދަގުލެވެ.

އެހެން ނަމަވެސް މައިކަލް ،ވެލްޓަރ، އީޖޭ އަދި ޑޭނިއެލްގެ ނަމަން ނަންދެވިފައިވާ މި ޕައިތޯންތަކަކީ މިކަމަށް ހާއްސަ ތަމްރީނުތަކެއްދެވިފައިވާ 4 އެއްޗެވެ. 10 މިނެޓާއި 15 މިނެޓަށް ކުރެވޭ މި މަސާޖުގައި ޖަނަވާރުތަކަކާއިއެކު ހޭދަކޮއްލަށް ލިބުމަކީވެސް ތަފާތު ތަޖުރިބާއަކަށް ވެގެންދާނެއެވެ.

ޕައިތޯން އާންމުކޮށް ދިރިއުޅެނީ އޭޝިއާ އާއި އެފްރިކާ އަދި އޮސްޓޭލިޔާގައިއެވެ. 41 ވައްތަރުގެ ޕައިތޯން އުޅޭކަމަށް ވެއެވެ.

މިކަހަލަ މަސާޖެއް ކޮށްލާނެ ހިތްވަރު އެބަހުރިހެއްޔެވެ.؟ މި މަސާޖު ކަޑަ ހެއްޔެވެ.؟

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!