IruOnline

ރައީސް ސޯލިހު އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 15 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެޕާޓީގެ އެންމެހާ މެންބަރުންނަށް ވިދާޅުވެއްޖެ އެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވުމާއެކު 2005ވަނަ އަހަރުގެ ޖޫން 26ވަނަ ދުވަހު ރަސްމީކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީކުރިއެވެ. އެއީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ތާރީޚީ ދުވަހެކެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި އެ ޕާޓީގެ 15 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެމްބަރުންނަށް ފޮނުއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ސަރުކާރު ކޯލިޝަންގެ ހިމެނޭ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ވަޒީރުން ވެސް ގެންދަވަނީ ފޮނުއްވަމުންނެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!