ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް 7.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

ރާއްޖެއިން ބޭރުގައި ތިބި އެކި ފަރާތްތައް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޓިކެޓު ހަމަޖެއްސުމަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ޙާލުގައި ޖެހުނަނުދިނުމަށް ރައިސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އުސޫލުތަކެއް އެކުލަވާލައި ރާއްޖެއަށް އަންނަން ބޭނުންވާ ހުރިހާ ދިވެހިން ގެނައުމުގެ މަސައްކަތްކުރައްވާފައި ވާކަމަށެވެ.

މީގެއިތުރުން އެކި ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާ މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެކި ޤައުމުތަކާއި ގުޅިގެން ކުރިއަށްގެންގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި މީހުން ގެނައުމަށާއި އެފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 7.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. ފޮރިންގ މިނިސްޓަރ ވިދާޅުވީ ފައިސާގެ ކަންކަމަށްވުމާއެކު ޚަރަދުތައް ކުރާ ގޮތް އޮޑިޓްކުރެވި ބެލެހެއްޓެމުންދާކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ބޭރުގައި ތިބި ދިވެހިންގެނައުމަށް ރާއްޖެއިން އިސްނަގައި ކުރި މަސައްކަތްތަކާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!