އެމެރިކާއާއި ރަޝިއާގެ ފަތުރުވެރިންނަށް އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޖުލައި މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލުމުގެ އުއްމީދު ކުރަމުންދާއިރު، ވަކި ވަކި ގައުމުތަކުގެ ހާލަތު ބަލަމުންދާނެ ކަމަށް އީޔޫގެ ޓްރެވެލިންގް ކްރައިޓީރިއާ އަކުން ބުނެފިއެވެ.

ބޯޑަރުތައް ހުޅުވަލުމަށްފަހު އެމެރިކާއާއި ރަޝިއާގެ ރައްޔިތުންނަށް އީޔޫގެ ގައުމުތަކަށް ދަތުރުނުކުރެވޭ ގޮތަށް މި ކްރައިޓީރިއާގައި ހިމަނާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އީޔޫގެ މިހާރު ރައީސްކަން ކުރަމުންދާ ކްރޮއޭޝިއާއިން އެކުލަވާލާފައިވާ ޑްރާފްޓް ރިކޮމެންޑޭޝަންގައި ވާގޮތުން އީޔޫގެ މެމްބަރު ގައުމުތައް ނޫން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެތެރެވެވޭނީ ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ގައުމަކުން ދަތުރުކުރާ ކަމަށް ވާނަމައެވެ. އަދި ގައުމުތަކުގެ ޓެސްޓު ކުރުމުގެ ރެކޯޑްތަކަށާއި ކޮންޓެކްޓް ޓްރޭސިންއާއި ފަރުވާދެވޭ ގޮތަށް ބަލަން ޖެހޭނެ ކަމަށްވެސް މި ލިޔުމުގައި ވެއެވެ.

ޔޫރަޕިއަން ސެންޓަރ ފޯރ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ވަނީ ބައެއް ގައުމުތަކުގެ ފަތުރުވެިރިންނަށް އީޔޫގެ ބޯޑަރުތައް ހުޅުވާލުމަށްފަހު އެތެރެނުވޭގޮތަށް ހެދުމަށް ހުށަހަޅާފައެވެ. އެގައުމުތަކަކީ އެމެރިކާ، މެކްސިކޯ، ސައުތު އެމެރިކާގެ ގިނަ ގައުމުތައް، ސައުތު އެފްރިކާ، ރަޝިއާ، އިރާން، ސައުދީ އަރަބިއްޔާ އަދި އަފްޣާނިސްތާނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!