ސަޢުދީން 62 ދަރިވަރަކު ރާއްޖެގެނެސްދީފި

ސަޢުދީޢަރަބިއްޔާގައި ތަޢުލީމު ޙާސިލުކުރަމުން ދިޔަ 62 ދިވެހި ދަރިވަރަކު ރާއްޖެއަށް ގެނެސްދީފައިވާކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން އެޤައުމުގައި ކިޔަވަމުންދިޔަ ހުރިހާކުދިން ގެނައުމުގެ މަސައްކަތްކުރެއްވިކަމަށެވެ. އެހެންނަމަވެސް ދިވެހި ދަރިވަރުން ކިޔަވަމުންދިޔަ އެއް ޔުނިވަރސިޓީން ކޯވިޑް-19އަށް ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރަމުންދިޔަ ދަރިވަރުން ފްލައިޓަށް އެރުވުމަށް ސައުދީ ސަރުކާރާއި އެއަރލައިނުން އެއްބަސްނުވުމުގެ ސަބަބުން އެކުދިން ގެނެވޭގޮތް ނުވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ކިޔަވަމުންދާ 2300އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ރާއްޖެ ގެނެސްފައި ވާކަމަށެވެ.

ރޭގެ ވަގުތެއްގައި ސަޢުދީ އެއާލައިނުން ޖުމްލަ 65 މީހަކު ރާއްޖެއައިސްފައިވާކަމަށް އެމްއޭސީއެލުންވެސް ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!