އައިޔޫއެމްގެ ދެވަނަ ސެމިސްޓަރގެ ކޯސްތައް އިއުލާން ކޮށްފި

އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ދެވަނަ ސެމިސްޓަރގެ ކޯސްތައް އިއުލާން ކޮށްފިއެވެ.

އައިޔޫއެމްއިން ބުނީ 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައިޔޫއެމް އާއި އައިޔޫއެމްގެ ލާރނިންގ ސެންޓަރު ތަކުގައި ޖުމްލަ 53 ކޯހެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސެޓްފިކެޓް ލެވަލް އެކެއްގެ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވަލްގެ ކޯސްތައް ފެށުމަށް ވަނީ ނިންމާފައެވެ.

އައިޔޫއެމްއިން ބުނީ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 6 އޮގަސްޓް 2020 ވަނަ ދުވަހުގެ13:00ގެ ކުރިން ޔުނިވަރސިޓީއަށް އޮންލައިންކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު 3022124، 3022125 އަދި 7923247 ނަންބަރާ ގުޅުމުން ލިބޭނެ ކަމަށް ވެސް އައިޔޫއެމްއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!