ވެހިކަލްތައް ވަގަށް އެތެރެކުރުމުގައި ޓްރާންސްޕޯޓުގެ އަތެއްވޭ: ކަސްޓަމްސް

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބޮޑު ރޯލެއްވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރައްޖެޓީވީގެ ޕްރޮގްރާމެއްގައި ވަހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ވަގަށް ވެހިކަލްތަކެއް އެތެރެ ކުރަން އުޅުނު މައްސަލަ އަކީ 2019 ވަނަ އަހަރު ހިންގި ބޮޑު ހާދިސާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ކަސްޓަމްސްގެ 2 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވީ ޓްރާންސްޕޯޓްގެ ތެރޭގައި ވަރަށް ގިނަ ގޯސް ކަންތައްތަކެއް ހިނގާ ވާހަކަ ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވެފައިވާ ކަމަށާއި، ވަގަށް ވެހިކަލް އެތެރެކުރުމުގައި ވެސް ވަރަށް ބޮޑު ރޯލެއް ޓްރާންސްޕޯޓްގެ ތެރޭގައި ހިނގާފައި އެބައޮތް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މައްސަލަ އަދިވެސް ބަލަމުން ދާ ކަމަށާއި، މައްސަލަ ބަލާ ނުނިމެނީސް ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!