ވަކީލުގެ އާއިލާއަށް ބާރ ކައުންސިލުން ތަޢުޒިޔާ ކިޔައިފި

މަސައްކަތް ކުރަމުން އަންނަ ލޯފާމް ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޤާނޫނީ ވަކީލެއް ކަމަށްވާ އަލްއުސްތާޛު ޢަބްދުލް ވައްޙާބު ޢަބްދުލް ޤާދިރުގެ އާއިލާއަށް ދިވެހިރާއްޖޭގެ ބާރ ކައުންސިލުން ތައުޒިޔާ ކިޔައިފިއެވެ.

ބާރ ކައުންސިލުން ތައުޒިޔާ ކިޔައި އާންމުކުރި މެސެޖުގައި ބުނެފައިވަނީ، އަލްމަރުޙޫމް އަލްއުސްތާޛު ޢަބްދުލް ވައްޙާބު ޢަބްދުލް ޤާދިރުގެ އާއިލާއަށް ބާރ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާއި ޢާންމު މެމްބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދޭކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

 ރޭގެ ވަގުތެއްގައި ވަކީލު މަުވެފައުވަނި އަމިއްލައަށް ކަމަށް ވަނީ މައުލޫމާތުލިބިފައިއެވެ. ވަކީލު މަރުވެފައި އޮއްވާ ފެނުނީ މާލޭގައި އޭނާ މަސައްކަތް ކުރަމުން އަންނަ ލޯފާމް ތެރެއިގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!