ނޭހާ ކައްކަރު އުނބަށްޖަހައިފި

މީސް މީޑިއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ނޭހާ ކައްކަރު ސުޝާންތުގެ މަރާގުޅިގެން މީސް މީޑިއާގައި އުފެދުނު ހަމަނުޖެހުންތަކާ ދުރަށް ޖެހިލުމުގެ ގޮތުން ކަމަށްބުނެ އޭނާގެ އިންސްޓަރގްރާމުގައި މީސްމީޑިއާއި ދުރަށް ދާކަން ވަނީ މީގެ ދެދުވަސްކުރިން ކުރިން އިޢުލާން ކޮއްފައެވެ.

އެހެން ނަމަވެސް އެކަން އިއުލާން ކުރިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ އިންޓަގްރާމްގެ ސްޓޯރީ އަޕްލޯޑް ކޮއްފައެވެ. އަޕްލޯޑްކުރުމަށްފަހު އެ ޕޯސްޓު ޑިލީޓުކޮށް އުފަލުގައި ހުރުމަށްޓަކައި ރީތި އެތަށް ސަބަބުތަކެއް އެބަހުރިކަމަށް ބުނެ އިތުރު ޕޯސްޓެއްވަނީ ކޮއްފައެވެ.

އިންސްޓަގްރާމުގައި 39 މިލިއަނަށްވުރެ ގިނަ ފޮލޯވާސް ތިބި ނޭހާ ވަނީ ސޯޝަލް މީޑިއާއި ދުރަށް ދިޔަކަމަށް ކޮށްފައިވާ ޕޯސްޓް ވެސް މާ ގިނައިރުތަކެއް ނުވެ ނަގާފައިއެވެ. ނޭހާ އަކީ ބައެއް ޝޯތަކުގައި ޖަޖުކަންވެސް ކުރަމުންދާ ތަރިއެކެވެ.

ގިނަ ބަޔަކު ފޮލޯކުރަމުން އަންނަ މަޝްހޫރު މި ލަވަކިއުންތެރިޔާގެ މިއަމަލަށް ދަނީ ފާޑު ކިއުންތަކެއް ކުރިމަތިވަމުންނެވެ. މިއީ ބުނާ ބަހުގައި ނުހިފެހެއްޓޭކަމުގެ ފުރިހަމަ މިސާލެއްކަމަށް ނޭހާގެ ފޭނުން ދަނީ ބުނަމުންނެވެ. ނޫނީ މީހުންގެ ސަމާލުކަން ހޯދުމަށް ކޮއްފައިވާ ކަމެކެވެ. ކޮންމެ ނިޔަތެއްގައި ކޮއްފައިވާ ކަމަކަށްވިޔަސް މިފަދަ ކަންކަމުގައި ދިވެހިން ބުނެއުޅެނީ އުނބަށްޖެހުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!