ޝަރުމީލާ ހޯދައިދޭން އެދި ރައީސް ނަޝީދަށް ސިޓީއެއް!

ފިޓްނަސް އިންސްޓްރަކްޓަރ އިސްމާއިލް ފާޒިލް (ފިޓް ފާޒިލް) ގިވް އަވޭގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީ ރައީސް މުޙައްމަދު ނަޝީދަށް ފޮނުވި ސިޓީއެއް ކަމަށް ބުނާ ސިޓީއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ރާއްޖޭގެ އިންލައިން ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ފިޓްފާޒިލްގެ ގިވްއަވޭ ކާމިޔާބުކުރި އާއިޝަތު ޝަރުމީލާއާއި ގުޅޭ ގޮތުން އިންސްޓަގްރާމް ޔޫސަރ އަކުން މިއަދު ރައީސް ނަޝީދަށް ލިޔެފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ފާޒިލް އިންސްޓަގްރާމްގައި ކުރިއަށްގެންދިޔަ އަގުބޮޑު ގިވްއަވޭ ކާމިޔާބުކުރި އާއިޝަތު ޝަރުމީލާ ހޯދުމުގައި މުޅި ގައުމު އުޅެމުން އަންނަ ކަމަށާއި، އެކަމާއި ގުޅިގެން މަޖިލީސް ހިމޭނުން އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ، އެ އެއްޗެހި ލިބުނު ކަމަށް ބުނާ ޝަރުމީލާ، އެ އިނާމު ލިބުނު ކަން، އަލަށް އަމަލުކުރަން ފެށި އިންކަމް
ޓެކްސް ގާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަން ޖެހޭނެ ކަމަށެވެ.

“އެ ގާނޫނުގައި ބުނާ ގޮތުން 40،000 ރުފިޔާ އަށް ވުރެ އަގުބޮޑު ހަދިޔާއެއް ލިބިއްޖެނަމަ މީރާގައި އެ ހަދިޔާ ޑިކްލެއާ ކުރަން ޖެހޭނެ އެވެ”، އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ މިހާތަނަށް އާއިޝަތު ޝަރުމީލާ އިނާމު ޑިކްލެއަރ ނުކުރުމުގެ ސަބަބުން ލިބޭ މާލީ ގެއްލުމާއި އޭނާ ނުފެނިގެން އޭނާއަށް ތާއިދުކުރާ މީހުން ކުރާ ހިތާމައަށް މަޖިލީހުން ފަރުވާއެއް ލިބޭނެ ކަަމަށް ކަށަވަރު ކުރާ ކަމަށެވެ.

“އެހެންކަމުން ޝަރުމީލާގެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީން ބައްލަވާ މިކަމުގައި މަކަރާ ހީލަތްހެދުމާ އޮޅުވާލުމުގެ އަމަލުތަކެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިމައްސަލަ ހުށަހަޅާ ދެއްވުމަށާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މި މައްސަލަ ފޮނުއްވައިގެން ޓެކުހަށް މަކަރުހެދުމުގެ ސަބަބަބުން ދަޢުލަތަށް ލިބުނުގެއްލުން ދިރާސާކޮށްދެއްވުމަށާއި، މަރާލެވެއިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަބައްލަވާ މަރުކޮމިޝަނު ހާޒިރުކުރައްވައިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނާއި ހިޔުމަން ރައިޓްސް ކޮމެޓީން މިމައްސަލަ ބައްލަވާ ދެއްވާ މަޖިލިހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިގެންވެސް މިކަމަށް ރިޢާޔަތްކޮށްދެއްވާ އަވަސް ފިޔަވަޅުތަކެއް އަޅުއްވާދެއްވުން އެދި ދެންނެވީމެވެ”. އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން، ފިޓްޕާޒިރުގެ އިނާމުތައް މަޖިލީހުގެ މަސައްކަތުން ހޯދިއްޖެނަމަ މަޖިލީހުގެ ނާއިބު ރައީސް އީވާ ގޫޗީ ބޭނުން ބޭނުނުންކުރެއްވުމުގައި “އަޅުގަނޑު”ގެ އިއުތިރާޒެއް ނެތް ކަމަށްވެސް އެ ސިޓީގައި ވާކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޓް ފާޒިލް ގެ މި ގިވްއަވޭގެ އަގު 40 ހާހަށްވުރެ މިތިވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!