ފޮޓޯ؛ ގޫގުލް

މާލޭގެ ތޮއްޖެހުމަށް ހައްލެއް ލިބެން ގޯތިގެދޮރުގެ ވިޔަފާރިކުރާ މީހުން ބޭނުމެއް ނުވާނެ

މާލޭގެ ތޮއްޖެހުމަށް ޙައްލެއް ލިބުމަކީ ގޯތިގެދޮރުގެ ވިޔަފާރިކުރާ މީހުން އެއްވެސް ގޮތަކަށް ބޭނުންވާނެ ކަމެއް ނޫން ކަމުގައި ރައްޔިތުން މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. 

އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި ޢެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާޢެއް ފިލާ ދިއުމަކަށް ނޭދޭނެ ކަމަށެވެ.

“ނަތީޖާއަކީ ނިކަމެތީން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާފޮޅަން މަޖުބޫރުވުން” އަލީ ވިދާޅުވިއެވެ.

ޢަލީ ހުސައިން ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ ވިޔަފާރިކުރާ ފަރާތްތަކުން މާލޭގައި އޮތްތޮއްޖެހުމަށް ޙައްލެއް އައުމަށް ހިތުން ރުުހުމުން ނޭދޭނެއެވެ. އަދި އެކަން ގުޅުވައިލެއްވީ އެކަމުގެ ސަބަބުން އެފަރާތްތަކަށް ލިބޭ ވިޔަފާރި ފައިދާއާއެވެ. “އެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް ނަފާއެއް ފިލައިދިއުމަކަށް ނޭދޭނެ” ޢަލީ ޙުސައިން ވިދާޅުވިއެވެ. 

އަދި މާލޭގެ ގެދޮރުގެ ވިޔަފާރިކުރާ ފަރާތްތަކުން މާލެއަށް ތޮއްޖެއްސުން ނިމުމަކަށް ގެނައުމަށް ބޭނުންނުވުމުގެ ސަބަބުން މާލޭގައި ނިކަމެތިން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާފޮޅަން މަޖުބޫރުވާ ކަމުގައިވެސް ޢަލީ ޙުސައިންގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. 

ނަމަވެސް ރައީސް ޔާމީން ސަރުކާރުގައި ބިނާކޮށްފައިވާ 7،000 ހައުސިން ޔުނިޓު ޢަލީ ޙުސައިން ނިސްބަތްވެވަވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ބައިވެރިވާ އިއްތިޙާދު ސަރުކާރަށް މިހާތަނަށް ނިންމައިނުލެވި ރައްޔިތުންނަށް ނުދެވި އޮތުމަކީ ގިނަ ރައްޔިތުންގެ ފާޑުކިޔުން މިސަރުކާރަށް އަމާޒުވެފައިވާ ކަމެކެވެ. 

  1. ރައްޔިތުންނަށް ދެވޭފަދަ ފެންވަރަކަށް ހަދައިފަ ނެތުމާ އެއްވެސް އިންސާފެއް ނެތި ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކޮށްފަ ހުރީމަ އެކަންކަން ރަނގަޅުނުކޮށް ކޮތަރު ކޮށިތައް ދޫކުރުމަކީ ކިރިޔާވެސް ގޮތެއް ހުރި ބަޔަކު ކުރާނެ ކަމެއްނޫން ކަމަށްވެސް ލިޔެލިނަމައެއްނު.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!