ގިނަ ކަރަންޓް ބިލްތަކަށް ހުރީ ފައިސާ ނުދައްކާ، އެކަމަކު ކަރަންޓެއް ނުކަނޑަން

ފާއިތުވެދިޔަ 4 މަސްދުވަހު ގިނަ ކަރަންޓް ބިލްތަކަށް ފައިސާ ދައްކާފައިނުވާކަމަށާއި ނަމަވެސް އެއްވެސް ތަނަކުން ޙިދުމަތް ކަނޑާލާފައިނުވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ސްޓެލްކޯއިން ބުނީ ކޯވިޑް19ގެ ހާލަތާއި ގުޅިގެން އެއްވެސް ރައްޔިތަކު ކަރަންޓުގެ ޙިދުމަތުން މަހުރޫމު ނުކުރުމުގެ ގޮތުން ކަރަންޓް ބިލަށް ފައިސާ ނުދެއްކުނުނަމަވެސް އާންމު ގޭބިސީތަކާއި ވިޔަފާރިތައް ހިމެނޭގޮތުން އެއްވެސް ތަނަކުން ޙިދުމަތް ކަނޑާލާފައި ނުވާނެކަމަށެވެ. އަދި ފާއިތުވި 4 މަސްދުވަހުގެ ގިނަ ބިލްތަކަކަށް އެ ކުންފުންޏަށް ފައިސާ ނުލިބޭކަމަށް ސްޓެލްކޯގެ ސިޓީގައި ބުނެފައިވެއެވެ.

“ފާއިތުވި 4 މަސްދުވަހުގެ ގިނަ ބިލްތަކެއް ފައިސާ މި ކުންފުންޏަށް ނުލިބި ވީނަމަވެސް އެ މުއްދަތުގައި އެއްވެސް ތަނަކުން ކަރަންޓުގެ ޙިދުމަތް މެދުކަނޑާލާފައެއް ނުވާނެއެވެ.” ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

ސްޓެލްކޯއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކޯވިޑް19 ގެ ސަބަބުން ގިނަ މީހުން ގޭގައި ލޮކްޑައުންވެފައި ތިބެންޖެހުމުގެ ސަބަބުން މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު މިއަހަރުގެ އެޕްރީލަމަހުގެ ގޭބީސީތަކުގެ ބިލުތައް އެވްރެޖްކޮށް 6.09 އިންސައްތަ ބޮޑުވެފައިވާކަމަށެވެ. އަދި 2019 ވަނަ އަހަރުގެ މޭމަހާއި އަޅަބަލާއިރު މިއަހަރުގެ މޭމަހު ބިލްތައް އެވްރެޖްކޮށް 2.59 ބޮޑުވެފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!