ޗައިނާގެ އެހީތެރިކަމާއި އެކު ހިންގާ މަޝްރޫއުތަކާއި ދެއްވާ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި، އެގައުމުން ދެމުންދާ އެހީތެރިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލިޒޮންގާއި ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

ދެ ބޭފުޅުންގެ މަޝްވަރާއަށްފަހު ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ބައްދަލުވުމަކީ ފައިދާ ކުރަނިވި ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާއި ކޮވިޑް-19އާ ގުޅިގެން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ބަލި މަޑުކަމުގެ ތެރޭގައި ޗައިނާގެ ސަރުކާރުންނާއި ރައްޔިތުން ހުއްޓުމެއް ނެތި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވަނީ އެ މަޝްވަރާ ބައްދަލުވުމަކީ ފައިދާ ކުރަނިވި ބައްދަލުވުމެއް ކަމަށާއި މިދަނޑުވަޅުގައި ވެސް ޗައިނާ ސަރުކާރުން ރާއްޖެ އަށް ވެދެމުން އަންނަ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ޗައިނާ އިން ވަނީ އެކި ފަހަރު މަތިން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް ވެސް ހަދިޔާ ކޮށްފަ އެވެ. އަދި ކޮވިޑް-19 ގެ ޓެސްޓް ކިޓްސް ވެސް އެ ގައުމުން ވަނީ ހަދިޔާ ކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!