ހޮވައިގެން ގެނައި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިފައިސާތަކަކީ 2020 ޖޫން 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ޖަނަވަރީމަގު ވިނޯލިޔާ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 458619 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!