އޭޓީއެމްއިން މިހާރު ފައިސާ ލިބޭނީ ކޭޝް ކާޑު ނެގުމުން: ބީއެމްއެލް

ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނަގަން ކާޑު ޖެހުމަށް ފަހު، މެޝިނުން ކާޑު ނެގުމުން ނޫނީ ފައިސާ ނާންނަ ގޮތަށް ހަދައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ބުނީ މިގޮތަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި އޭޓީއެމްތަކުގައި ހަނދާންނެތި ކާޑު ޖަހާފައި ބެހެއްޓޭ މައްސަލައަށް މިކަމުން ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭތީވެ ކަމަށެވެ.

މިއަދުން ފެށިގެން ކާޑު އޭޓީއެމް މެޝިންގެ ތެރެއިން ނެގުމުން ނޫނީ ފައިސާއެއް ނުނެގޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!