IruOnline

ޑޮކްޓަރުން ހާމަކުރީ އަނޫއަށް ދިރިހުރެވޭނީ 3 އަހަރު ކަމަށް

ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއްހޯދި ބޮލީ ވުޑްގެ ފިލްމެއް ކަމަށްވާ އާޝިގީގެ ތަރި އަނޫ އަގަރަވާލް އަށް ދުނިޔޭގަ ދިރި އުޅެވޭނީ ގިނަވެގެން 3 އަހަރުދުވަސް ކަމަށް ޑޮކްޓަރުން ލަފާ ކުރި ކަމަށް އަނޫ ހާމަ ކޮށްފިއެވެ.

މަޝްހޫރު ފިލްމީ ތަރި އަނޫ ހާމަ ކުރި ގޮތުގައި 1999 ވަނަ އަހަރު އޭނާ ކުރިމަތިލާން ޖެހުނު ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު އޭނާގެ ހަނދާނުގެ މައްސަލަ ދިމާވެ ޑޮކަޓަރުން އުއްމީދު ކަނޑާލިކަމަށް އޭނާ ބުނެއެވެ.

” ޑޮކްޓަރުން ލަފާދިނީ އަހަރެން ދެން ދުނިޔޭގައި ހުންނާނީ މަދު ދުވަސްކޮޅެއްގައި ކަމަށް. އެންމެ ގިނަ ވިޔަސް 3 އަހަރު. އަހަރެން އަޒުމު ދޫކޮށެއް ނުލަން. އަޒުމު ވަރުގަދަ ކޮށް ބަލިން ރަނގަޅުވާން ކަނޑައެޅިން” އަނޫ ބުންނެވެ.

އަނޫ ބުނި ގޮތުގައި ބަލިން ކިރިޔާވެސް ލުޔެއް އޭނާ އަށް ލިބުނީ ޔޯގާއިންނެވެ. އެކްސިޑެންޓުގެ މާ ކުރިން ވެސް އޭނާ ވަނީ ޔޯގާ ދަސްކުރަން ފަށާފައި ކަމަށާއި އަދި އެކްސިޑެންޓުގެ ފަހުން އެ ދަސްކޮށްފައި ވާ ޔޯގާއިން އޭނާއަށް ވަރަށް ބޭނުން ހިފުނު ކަމަށް ބުންޏެވެ.

މީގެ އިތުރުން ވެސް އޭނާ ވަނީ ކުޑަކުދިންނަށް ވެސް ޔޯގާ ދަސްކޮށްދޭން ފަށާފައި ކަމަށާއި އަދި މިހާރު ޖަމުއިއްޔާތަކުން ވެސް އޭނާ ބަލައިގެންފައި ވާ ކަމަށް އޭނާ ބުނެއެވެ. އެގޮތުން މިހާރު އޭނާ ވަނީ އޭނާގެ އަމިއްލަ އިންސްޓިޓިއުޓެއް އުފައްދައިފައި ކަމަށާއި އެ އިންސްޓިޓިއުޓްގެ ބޭނުމަކީ މީހުންނަށް ޔޯގާ ދަސް ކޮށްދިނުމާއި މީހުން އެމީހުން އަމިއްލަ ހަށިގަނޑަށް އަޅައިލުމަށް ބާރުވެރި ކުރުމަށް ކަމަށެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!