IruOnline

ކުޑަ ދަރިފުޅު ބަނޑުގައި ރިއްސާނަމަ ގޭގައި ދެވިދާނެ ފަރުވާ

ކުޑަކުދިން ބަނޑުގައި ރިއްސުމަކީ ވަރަށް ގިނައިން ބެލެނިވެރިންނަށް ކުރިމަތިލާންޖެހޭ މައްސަލައެކެވެ. މިކަމަށް އަވަސް އަދި ފަސޭހަ ފަރުވާތަށް އެބަހުއްޓެވެ. ގިނަ ގިނައިން ބަނޑުގައި ރިއްސާނަމަ ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިއްމުކަމެކެވެ. އެކަމަކު ދެއްކުމުގެ ކުރިން ގޭގައި ކުރެވޭނެ ބައެއްކަންތަށްތަށް ތަޖުރިބާ ކޮއްލުން ކިހިނެއްތޯއެވެ.

ޔޯގަޓް

ޔޯގަޓަކީ ފާހާނާއަށް ދިއުމަށް ފަސޭހަކޮއްދޭ ބަޑުގެ މައްސަލަތަކަށް ވަރަށް އެކަށީގެންވާ އެއްޗެކެވެ. ގޮހޮރުގައި ފައިދާ ހުރި ބެކްޓީރިއާ އިތުރުކޮށް ދޭ މީރު އެއްޗެކެވެ. ބަޑުގެ މައްސަލަތަށް ހުންނަނަމަ ކޮންމެ ދުވަހަކުވެސް ޔޯގަޓު ކޮންމެސްވަރަކަށް ކާންދިނުން ރަގަނޅެވެ.

ކެއުމުގެ ރަގަނޅު އާދަތަށް

ގަޑިން ގަޑިއަށް ހަށިގަނޑަށް ފައިދާހުރި ކާނާ ދިނުމަކީ ބަނޑުގެ މައްސަލަތަށް ވަރަށްބޮޑަށް ފަސޭހަވާކަމެކެވެ. ކެއުމުގެ ތެރޭގައި ފެހިގަންފަދަ ފަތާއި ތަރުކާރީއާއި މޭވޭ ކެއުން ގިނަ ކުރަންވާނެއެވެ.

ހަށިގަނޑުގެ ކަސްރަތު

ކުޅުމާއި، ދުވުމާއި، ހިގުމަކީ ކުޑަކުދިންނަށް ވަރަށް ބޭނުން ކަންކަމެވެ. ކާތަކެތި ހަޖަމުވުމަގައިވެސް އެހީތެރިވެދޭކަމެކެވެ. މިކަމުން ބަނޑުގެ މައްސަލަތަކުން ދުރުކޮއްދެއެވެ.

އިގުރު

އިގުރަކީ އޭގައި އެއްޓި އޮކްސިޑެންޓްސް ގިނަ އެއްޗެކެވެ.އިގުރުސައި ބުއިމުން ހަށިގަނޑުގެ ރިހުނަތަށް ކުޑަކޮއްދެއެވެ.

ކުޑަ ދަރިފުޅުގެ ކެއުމާއި އުޅުމުގައި މިކަންކަން ފުރިހަމަ ކުރުމަށްފަހުވެސް ކާހިތްނުވެ ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!