IruOnline

ޕާކިސްތާން ގައުމީ ކުރިކެޓް ޓީމުގެ 10 ކުޅުންތެރިން ޕޮޒިޓިވްވެއްޖެ

ޕާކިސްތާނުގެ ގައުމީ ކުރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

ގައުމީ ކުރިކެޓް ޓީމުގެ 10 ކުޅުންތެރިއަކު ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ކުރިކެޓް ބޯޑު (ޕީސީބީ) ގެ ބަޔާނެއްގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

10 ކުޅުންތެރިންގެ އިތުރުން ޕާކިސްތާނު ގައުމީ ކުރިކެޓް ޓީމުގެ ސަޕޯޓް ސްޓާފެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕީސީބީއިން އާންމު ބަޔާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނީ ޓެސްޓު މެޗުތަކަކާ، ޓްވެންޓީ-20 ގޭމްތަކަށް 29 މެމްބަރުންގެ ސްކޮޑެއް އެކުލަވާލާފައިވާކަމަށާ، ނަމަވެސް އެ ސްކޮޑްގެ 3 ބައިކުޅަ 1 ބައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 14 ދުވަހުގެ ސެލްފް-އައިސޮލޭޝަނަށް ދާންޖެހިފައިވާކަމަށެވެ.

ޕީސީބީގެ އިސްވެރިޔާ ވަސީމް ހާންއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނީ ޖޫން 28 ވަނަ ދުވަހު ކުރިކެޓް ސްކޮޑް އިންގްލަންޑަށް ފުރަން ހަމަޖެހިފައިވާކަމަށާ، މި ދަތުރު ކުރާނީ ކޮވިޑް-19އަށް ނެގެޓިވްވާ ކުޅުންތެރިން ކަމަށެވެ.

އެންމެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު ޕާކިސްތާނުން 3892 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. 

ތާނަ ލެޓިން އިން ލިޔުއްވާ!