IruOnline

ޝާހްރުކް ޚާންގެ ނަސޭހަތް ދަރިފުޅަށް: ރާހުލް ކިޔާ މީހަކާ ރައްޓެހި ނުވާތި

ބޮލީވުޑުގެ ޚާނުންގެ ރަސްގެފާނު، ޝާހްރުކް ޚާން އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާންއަށް ދޭން އޮތީ މި ނަސޭހަތެވެ. ރާހުލް ކިޔާ މީހެއް ނަމަ އެމީހަކާ ދުރުގައި އުޅޭށެވެ. އަދި ޝާހްރުކްގެ ގިނަ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރާހުލް ކެރެކްޓާގެ އުޅުމާ އެއްގޮތް މީހެއް ނަމަ އެމީހަކާ ގާތް ނުވައްޗޭވެ.

ޝާހްރުކް މިހެން ބުނެފައިވަނީ، ގިނަ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރާހުލްގެ ކެރެކްޓާއަކީ ރަނގަޅު މީހަކަށް ނުވާތީއެވެ. އެގޮތުން މަޝްހޫރު “ޑަރް” ފިލްމުގައި ޝާހްރުކް ކުޅުނު ރާހުލްގެ ކެރެކްޓާއަކީ އޭގައި އުޅުނު އަންހެން ކުއްޖާ (ޖޫހީ ޗާވްލާ) އާ ހެދި ދީވާނާވެގެން، އޭނާގެ ދިރިއުޅުމަށް ދަތިކުރާ ހިސާބަށް ދާ މީހެކެވެ. ހަމައެހެންމެ، “ކުޗް ކުޗް ހޯތާހޭ” ގައި އުޅުނު ރާހުލްއަކީ، ހަމައެކަނި ބޭރުފުށުގެ ރީތި ކަމަށް އުޅޭ މީހެކެވެ. މި ސަބަބުތަކާހެދި، ޝާހު އޭނާގެ ދަރިފުޅަށް ދޭން އޮތް “ޑޭޓިންގް އެޑްވައިސް” އަކީ އެކަހަލަ މީހަކު ހަޔާތުގެ ބައިވެރިޔާއަށް އިޙުތިޔާރު ނުކުރުމެވެ.

ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާގެ އުމުރަކީ 20 އަހަރެވެ. އަދި ސުހާނާއަކީ ތިއޭޓާ ލެވެލްގައި އެކްޓު ކުރާ ކުއްޖެއްވެސް މެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!