IruOnline

ދަރިފުޅު ނުނިދައިގެން އުޅެންޖެހުމުން ސަލާމަތް ވާނެ ޖާދޫއެއް!

ދަރިއަކު ލިބުމާއެކު ބެލެނިވެރިންނަށް އެތަށް ކަމެއް ބަދަލުކުރަންޖެހެއެވެ. އެތަށް އުދަޤޫތަކަކާއި ކުރިމަތިލާން ޖެހެއެވެ. ކުޑަ ދަރިފުޅު ނިދަންޖެހޭ މިންވަރަށް ނުނިދުމަކީ ވަރަށްގިނަ މައިންނަށް ކުރިމަތިލާންޖެހޭ މައްސަލައެކެވެ. އެތަށް ފަހަރަކު ނިންދަވަން އުޅުމުން ނުނިދާ ކަމުގެ ޝަކުވާއަކީ ވަރަށްގިނަ މައިންބަފައިންކުރާ ޝަކުވާއެކެވެ.

އަރާމު ނިންޖަކުން ދަރިފުޅު ނުނިދުމަކީ މައިން ބަފައިން ވަރުބަލިކޮއްލާނެ ކަމެކެވެ. ނިދިން މަހުރޫމުވެ އަރާމެއްނެތި އެތަށް ވަގުތެއް ދަރިފުޅާއިއެކު އެގޮތުގައި ހޭދަކުރަންޖެހުމުން މައިންގެ ހިތް ނުތަނަވަސްވާ ގޮތްވެއެވެ.

އެކަމަކު ކުދިންގެ ނިދުމުގައި ހުންނަ އުނދަގޫތަކަކީ މައިންބަފައިންގެ ސަބަބުން އަންނަ އުދަގޫތަކަކަށްވެދާނެއެވެ. ނިންދަވަން މިއުޅެވެނީ ރަގަނޅަށްތޯ ބަލާލުން ކިހިނެއްތޯއެވެ.

  • ދަރިފުޅު ނިންދަވަނަވާނީ މައިންބަފައިން ބޭނުންވާ ވަގުތުތަކަކު ނޫނެވެ. ދަރިފުޅު ނިދިއައުމުން ބުނެދޭން ނޭގުނަސް ތަފާތު ހަރަކާތްތަށް ކުރެއެވެ. އެކަމަށް ސަމާލުކަން ދީ އެގަނޑީގައި ނިންދަވަން މަސައްކަތްކުރާށެވެ. ނިދިއައުމުން ކުޑަ ދަރިފުޅު އާފުރި، ލޯހިރުވާ އަދި އާދައިގެ ވަރަށްވުރެ ހަރަކާތްތަށް މަދުވާނެއެވެ.
  • ރޭގަނޑަށް ދަރިފުޅު ހޭލުމުން އަހަރެމެން ނިންދެވުމަށްޓަކައި ނަގައިގެން ހިގާ،ލަވަކިޔާ ހަދަމެވެ. އެކަމަކު މިހެން ހެދުމުން ދަރިފުޅުގެ ނިދި ފިލާ ގޮތްވެއެވެ. ދަރިފުޅު އެނދުގައި އޮތްގޮތަށް ބާއްވާށެވެ. އެގޮތަށް ކަންތަށްކުރުމުން އެއީ ނިދާގަނޑިކަންވެސް ދަރިފުޅަށް ދަސްވާނެއެވެ.
  • އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ ވެސް ދަރިފުޅުގެ ނިންޖަށް އުނދަގޫވާކަމެކެވެ. ނިންދަވަންވާނީ ނިދުމަށް ހަމަޖެހިފައިވާ ތައްމަތީގައެވެ. 2 އަހަރުވުމުގެ ކުރިން ވަކި ތަންމަތީގައި ނިންދެވުމަކީ ރަގަނޅުގޮތެއް ނޫނެވެ.
  • ވަކި ވަރަކަށް ކުޑަ ދަރިފުޅު ބޮޑުވާއިރު އޭނަގެ އަމިއްލަ ނިދާގަނޑިތަކެއް ހުންނާނީ ކަނޑައެޅިފައެވެ. އެއްވެސް ކަމަކާއި ގުޅިގެން އެގަނޑިތަކަށް ބަދަލު ގެނައުމަކީ ނިދުމުގެ ބޭނުން ދަރިފުލަށް އިހްސާސްނުކުރެވި ނިދުމަށް ދަތިވާ ކަންތަށްތަކެކެވެ.

މީގެ އިތުރުންވެސް ދަރިފުޅުގެ ހައިހޫނުކަން ފިލުވާފައި ބޭއްވުން މުހިންމެވެ. ދަރިފުޅު މާ ބޮޑަށް ވަރުބަލި ވުމުގެ ކުރިން ނިންދެވުމަށް މަސައްކަތް ކުރުމުން ފަސޭހައިން ނިދާނެއެވެ. އޯވަ ޓަޔަޑް ވުމަކީ ވެސް ތުއްތު ކުދިންނަށް ނިދުމަށް ހުރަސް އެޅޭ ކަމެކެވެ. އަދި ނިންދެވުމުގެ ކުރިން ސާފުކޮއްލާ ތާޒާ ކޮށްލުމުންވެސް ކުޑަ ދަރިފުޅަށް ނިދަން ފަސޭހަވާނެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!