IruOnline

މަޖިލިސް ކައިރިއަށް އެއްވި މީހުން ފޮނުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކާއި ޚިލާފަށް މިއަދު ރައްޔިތުންގެ މަޖިލިސްކައިރިއަށް އެއްވި މީހުން އެސަރަހައްދުން ފޮނުވާލައިފިއެވެ.

މަޖިލިސް އިދާރާކައިރީގައި މިއަދު އެއްވެ އިހުތިޖާޖްކޮށްފައިވާ މީހުންވަނީ ޝުއޫރުފާޅުކޮށް މަޖިހާއި ކައިރިވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުންވަނީ އެއްވި މީހުން ފަހަތައް ޖައްސައި އެސަރަހައްދުން މީހުން ފޮނުވާލާފައެވެ.

އެސަރަހައްދަށް އެއްވި މީހުން އެތަން ދޫކޮށް ދިޔުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުންވެސް ނުދާން ގަދަހަދައި އެސަރަހައްދުގައި އިށީނުމުން ފުލުހުންވަނީ އެ މީހުން އެސަރަހައްދުން ދުރައްޖައްސާފައެވެ.

ނަވާނަވަތް އިން ކުރި މުޒާހަރާ މަޖިލިސް ހޭލެއްވުމަށް ކުރިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މުޒާހަރާ ބައްލަވާލައްވާފައެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!