IruOnline

ފެން ތި ބޮނީ އަދި ރަގަޅަކަށް ނޫން، މަލައިކާ މި ކިޔާދެނީ ފެން ބޯން ޖެހޭގޮތް!

ފެންބުއިމަކީ ރޮކެޓް ސައިންސެއްނޫނެވެ. އެކަމަކުވެސް ފެންބުއިމުގައި ނޭގި ނަމަވެސް ކުދިކުދި ގޯސްތަށް ހެދޭކަން މިއާޓިކަލް ކިޔާލުމުން އެގިގެންދާނެއެވެ. ކޮންކަންތައްތަކެއްބާއޭ ހިތަށް އެބައަރާދޯއެވެ! މަލައިކާ އެކަންތައްތައް މިއޮތީ ސާފުކޮށް ބުނެދީފައެވެ.

އަހަރެމެންތެރޭގައިވެސް އާއްމުވެފައިވާ އައިސްއަލަމާރި ދޮށުގައި ހުރެ ފުޅިން ފެންބޯލުމަކީ ގޯހެކެވެ. ތައްޓަށް އަޅައިގެންވިސް އަވަސް އަވަހަށް ފެންބުއިމަކީ ހެދޭ ވަރަށްބޮޑު ގޯހެކެވެ. މިކަހަލަ ކަންތައްތަކުގެ ކޮށިއެރުމާއި ސިއްޙީ އެހެނިހެން ނުރައްކާތަށްވެސް ކުރިމަތިވެއެވެ.

މަލައިކާ އަރޯރާގެ ނަސޭހަތަކީ އިރު އިރުކޮޅާ މަދުއެތިކޮޅުން ފެންބުއިމެވެ. އަދި ފެންބޯ ކޮންމެ ފަހަރަކުވެސް އިށީދެއިދެގެން ފެންބޯން އާދަކުރުމެވެ. މަލައިކާ އަރޯރާ އޭނާގެ އިންސްޓާގްރާމުގައި ޝެއާރކޮށްފައިވާ ވީޑިއޯގައި ބުނާގޮތުން މިއީ ޒަނާނުންސުރެވެސް ގިނަބަޔަކު ޤަބޫލުކުރާ ފައިދާހުރި ގޮތެކެވެ. އެހެންނަމަވެސް މިއަދުގެ ބުރަ ދިރިއުޅުމުގައި ނެތެމުންދާ އާދައެކެވެ.

ދިއްލީ ބޭސްޑް ކުލިނިކަލްގެ ނިއުޓްރިޝަން ލަވްނީޓް ބަޓްރާވެސްވަނީ ފެންބުއިމުގައި އެންމެ ރަގަނޅުގޮތަކީ އިށީދެއިދެގެން ފެންބުއިންކަން ފާހަގަކޮއްފައެވެ. ހާއްސަކޮށް ކުޑަކުދިންނަށް މިކަން މިގޮތަށް ކުރުމަށް ބާރުއެޅުމަކީ ވަރަށް މުހިއްމު ކަމެއްކަންވެސް ފާހަގަކޮށްފައި ވެއެވެ.

 1. ބަލަ އިސްލާމްދީނުގަ އެބަ އޮތޭ ހުރިހާ ކަމެއްވެސް ކުރަންވާ ގޮތް އަންގަވާފަ. ފެން ބޯންވާނީ މަޑުމަޑުން ލަސްލަހުން ކަން، އިށީނދެ އިނދެގެން ކަން، އެެއްފަހަރާ ތަށި ހުސް ކޮށް ނުލަން. މިވަރުން މުސްލިމުންނަށް ފުދެން ޖެހޭނެ ހަރުބީ ކާފަރަކު ކިޔައި ނުދިނަސް.

  0
  0
 2. އިސްލާމް ދީނުގައި އޮންނަ ގޮތަށް ބެލިއްޔާ އެންމެ ރަނގަޅުވާނީ ކޮންމެ ކަމެއްގައިވެސް.

  1
  0
 3. މާބޮޑަށް ތަފްސީލު ވީމަ ނުކީގެން ހުއްޓާލީ މި.

  8
  2

ތާނަ ލެޓިން އިން ލިޔުއްވާ!