އިންޑަސްޓަރިއަލް ޒޯން ސާފުކުރަން ފަށައިފި

މާލޭ ހުޅަނގު ފަރާތް ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ސާފުކުރަން ފަށައިފިއެވެ.

މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެ ސިޓީގެ އިންޑަސްޓަރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި އެއީ ވެމްކޯއާ ގުޅިގެން ކުރިއަށްސާ މަސައްކަތެއް ކަމަށެވެ.

އިންޑަސްޓްރިއަލް ޒޯނަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާތީ، އެކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދިއުމާއި ގުޅިގެން، މިމަހުގެ 24 ގެ ކުރިން އެ ސަރަޙައްދުގައި ހުރި 400 އަށްވުރެ ގިނަ ވެހިކަލް އެތަނުން ނެގުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވަނީ 449 ވެހިކަލް ޕާކުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ކުނި އަޅާ ބަރުކޮށްފައިހުރި 18 ވެހިކަލަކާއި، އަލަށް އެތެރެކޮށް ރަޖިސްޓްރީ ނުކުރާ 37 ވެހިކަލަކާއި، ބާވެ ހަލާކުވެފައިވާ 37 ވެހިކަލަކާއި، އާއްމުކޮށް ދުއްވުމަށްފަހު ޕާކުކޮށްފައިވާ 348 ވެހިކަލެއް ހުރިކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖް ރަނގަޅަށް ސާފުކުރެވެން އަންނަނީ އެތަނުގައި މިވަގުތު ހުރި ހުރިހާ ވެހިކަލްތަކެއްވެސް ނަގައިގެން ކަމަށް މޭޔަރ ވިދާޅުވިއެވެ.

މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިންޑަސްޓްރިއަލް ޒޯނުގައި ހުރި ވެހިކަލްތަކުގެ ވެރި ފަރާތްތަކުން އެތަކެތި ނުނަގައިފިނަމަ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް އެތަކެތި ނެގުމުގެ މަސައްކަތް ކުރާނެކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ސިޓީ ކައުންސިލުން ޒިންމާ ނުވާނެކަމަށާއި، އެސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މި މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އުކާލެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީން އިންޑަސްޓްރިއަލް ޒޯނުގެ މަގުތައް ސިޓީ ކައުންސިލާއި ޙަވާލުކޮށްފައިވާތީ، އެ ސަރަޙައްދުގެ މަގުތައް ތަރުތީބުކޮށް، ބެލެހެއްޓުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ވެމްކޯއާއި ސިޓީ ކައުންސިލް ގުޅިގެން އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެތަނުގައި އަނދާފައިހުރި 42 ބޮކި ބަދަލުކޮށް އެ ސަރަޙައްދު އަލިކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!