ސްރީލަންކަން އެއަރލައިންސް ގެ ދަތުރުތައް ގަމަށް ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށް އެ އަރލައިނުން ބުނެފި

‎ސްރީލަންކަން އެއަރލައިންސް ގެ ދަތުރުތައް ގަމަށް ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށް އެ އަރލައިނުން ބުނެފިއެވެ.

އެ އެއަރލައިންސްގެ ފަރާތުން ގަމަށް ހާއްސަ ކޮށްފައިވާ އޭރިއާ މެނޭޖަރ ނަޔޯމީ ޓެންނަކޫން ވިދާޅުވީ ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި މެދު އެ އަރލައިނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައް އަދިވެސް ދަނީ ކުރެވެމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮތުން ސްރީލަންކަން އިން ގަމަށް ކުރާ ފްލައިޓްތަކުގެ ޝެޑިއުލް ކެންސަލް ކުރެވިފައިވަނީ ހަމަ އެކަނި ޖުލައި މަހުގެ ނިޔަލަށެވެ.

‎މިކަމާއި ގުޅުން ހުރި މަޝްވަރާތައް ކުރެވެމުން ދިޔަ ނަމަވެސް، އައްޑޫ އާއި ހުވަދު އަތޮޅުގެ ރަށްތައް އެތެރޭގެ އުދުހުންތަކުން ގުޅިފައިވާ މިންވަރު ރަނގަޅު ކުރުން ވަރަށް މުހިންމު ކަމަށެވެ.

ސްރީލަންކަން އެއަރލައިންސް އަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ ހަމައެކަނި އިންޓަރނޭޝަނަލް އެއަރލައިންއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!