އައްޑޫގައި ތިބި ބިދޭސީން ރަޖިސްޓަރީވާން އަންގައިފި

އައްޑު އަތޮޅަށް އަލަށް ގެންދާ ބިދޭސީންނާއި އެ ސިޓީގައި މިހާރު ތިބި ބިދޭސީން އެބަޔަކު އުޅޭ ރަށެއްގެ އަވަށު އޮފީހުގައި ރެޖިސްޓްރީ ވާން އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް ބިދޭސީންނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށް އެ ސިޓިގައި މިހާރު އުޅޭ ބިދޭސީން ދަފުތަރުގައި ރެޖިސްޓްރީވުމަށް އަންގާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި އެ ސިޓީ އަށް ގެންދާ ބިދޭސީން، ގެންދާ ރަށެއްގެ އޮފީހުގައި ރަޖިސްޓްރީ ކުރަން އަންގާފައިވާ ކަމަށެވެ.

އަދި އެ ސިޓީއަށް ބިދޭސިން ގެންދިއުމުގެ ކުރިން ދަފުތަރު ކުރުމަށާއި، މިހާރު އުޅޭ ބިދޭސިން ވެސް ދަފުތަރު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިދޭސީން ގެންދާ ފަރާތްތަކުން ރެޖިސްޓްރީ ވާން ހާއްސަ ފޯމެއް އޮންނާނެ ކަމަށާއި ބިދޭސީން ފޮނުވާލާއިރު ވެސް ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!