ރިކްސް ބޮޑު ކެޓަރީގައި ނުހިމެނޭ މުވައްޒިފުން މަސައްކަތަށް ނިކުތުމަށް އަންގައިފި

އެޗްޕީއޭއީން ހޯމް ކަރަންޓީން ނުވަތަ އައިސޮލޭޓްވުމަށް އަންގާފައިވާ މުވައްޒިފުންނާއި ކޮވިޑްގެ ރިކްސް ބޮޑު ކެޓަރީގައި ނުހިމެނޭ މުވައްޒިފުން މިއަދުން ފެށިގެން ރަސްމީ މަސައްކަތަށް އޮފީހަށް ނިކުތުމަށް މަޖިލީހުގެ އިދާރާއިން އަންގައިފި އެވެ.

މަޖިލީހުގެ މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭނާގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ މިމަހުގެ 17 ވަަނަ ދުވަހުއެވެ.

މަޖިލީހުގެ އިދާރާއިން މުވައްޒިފުންނަށް ފޮނުވާފައިވާ އެންގުމުގައި އެޗްޕީއޭއީން ހޯމް ކަރަންޓީން ނުވަތަ އައިސޮލޭޓްވުމަށް އަންގާފައިވާ މުވައްޒިފުންނާއި ކޮވިޑްގެ ރިކްސް ބޮޑު ކެޓަރީގައި ނުހިމެނޭ މުވައްޒިފުން މިއަދުން ފެށިގެން ރަސްމީ މަސައްކަތަށް އޮފީހަށް ނިކުތުމަށް ވަނީ އަންގާފައެވެ.

މަޖިލީހުގެ އިދާރާއިން ކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާތާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ކޮވިޑްގެ-19 އާ ގުޅިގެން އާންމު ކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހު މަޖިލީހުގެ މަސައްކަތްތައް އިދާރާގައި ކުރިއަށް ގެންދާނެ އެވެ.

އެންއީއޯސީން ބޭއްވި ނިއުސް ކޮންޕަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަޖިލިސް ކޭސްއާއި ގުޅިގެން 29 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާގެ ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 11 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!