ހެނދުނު 10:30ގައި ކޭތަ ނަމާދު ކުރުން

މިއަދު ހިފާ އިރު ކޭތައާއި ގުޅިގެން ކޭތަ ނަމާދުކުރުން މާލެ ސިޓީ ފިޔަވާ އެހެން ހުރިހާ ރަށެއްގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދު ހިފާ އިރުކޭތައާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޭތަ ނަމާދު ކުރުން އޮންނާނީ ހެނދުނު 10:30 ގައެވެ.

މިއިރުކޭތަ ހިފަން ފަށާނީ މިއަދު ހެނދުނު 9:39 ގައި ކަމަށާއި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިއަދު ހެނދުނު 10:51 ގައެވެ. އަދި އިރުކޭތަ ވީއްލާނީ މެންދުރު 12:14 ގައެވެ. މިކޭތައަކީ ހަމަލޮލަށް ފެންނާނެ ކޭތައެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!