ސޮނާކްޝީ އޭނާގެ އެކައުންޓްތައް ޑިއެކްޓިވޭޓް ކޮށްފި

ބޮލީވުޑް ތެރޭގައި ތަފާތުކުރުން ބޮޑުކުރާ ކަމަށް ބުނެ ޒުވާބު ބޮޑުވެފައި ވާ މި ދަނޑިވަޅުގައި، އެ ވާހަކަ ތަކާއި ދުރުވުމަށް މަޝްހޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ އޭނާގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ކޮށް އުޅޭ ސޮނާކްޝީ އޭނާގެ އެކައުންޓް ޑިއެކްޓިވޭޓް ކުރަމުން ބުނެފައި ވަނީ ހަމަބުއްދިއެއްގައި ހުރުމަށް އެންމެ ފުރަތަމަ ނަގަން ޖެހޭ ފިޔަވަޅަކީި ނެގެޓިވް ވިސްނުންތަކާއި ދުރަށް ދިއުން ކަމަށެވެ. އަދި އެއީ އެންމެ ގިނައިން މި ދުވަސް ކޮޅުގައި ޓްވިޓާގައި އޮތް ކަންތައް ކަން ފާހަގަކޮށް އޭނާ ވަނީ އެކައުންޓް ޑީއެކްޓިވޭޓް ކުރާކަމަށް ބުނެފައެވެ. ހަމަ އެހެންމެ އޭނާވަނީ އޭނާގެ އިންސްޓާ ގްރާމް އެކައުންޓް ވެސް ޑިއެކްޓިވޭޓް ކޮށްލާފައެވެ.

ބޮލީވުޑް ތެރޭގައި ތަފާތުކުރުން ބޮޑު ކުރާ ކަމަށް ބަހުސް ފެށިފައި މި ވަނީ ސުޝާންތް އަމިއްލައަށް މަރުވުމާއި ގުޅިގެން، އޭނާ މަރުވީ ބޮލީވުޑް ތެރޭގައި ތަފާތު ކުރުން ގެންގުޅުމާއި، އެކަމާ އޭނާ ޑިޕްރެޝަން އަށް ގޮސްގެން ކަމަށް ވާހަކަތަށް ފެތުރުމާގުޅިގެންނެވެ.

މި ބަހުސް ބޮޑުވެ ގިނަ ތަރިން ދަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓް ތަށް ޑިއެކްޓިވޭޓް ކޮށް ނުވަތަ ކޮމެންޓް ނުކުރެވޭގޮތް ހަދަމުންނެވެ. އެގޮތުން ޝަޝަންކް ކައިތާން ވަނީ އޭނާގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކޮށްފައެވެ. ހަމަ އެހެންމެ ސޯނަމް ކަޕޫރުވެސް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް ތަކަށް ކޮމެންޓް ނުކުރެވޭގޮތް ހަދާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!