ޕީއެސްއެމްގެ އިތުރު ތިން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕީއެސްއެމްގެ އިތުރު ތިން މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިހާތަނަށް ޕީއެސްއެމް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފުންގެ ޖުމްލަ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ޕީއެސްއެމް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކާއި މިވަގުތު ޗުއްޓީގައި ހުރި އެއް މުވައްޒަފެކެވެ.

ޕީއެސްއެމްގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް މިހާރު އެ އޮފީހުން ވަނީ ދިހައަކަށް މީހުން އެކަހެރިކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!