އިތުރު 37 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 2187 އަށް

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 37 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހެއްގެ އިތުރުން އިންޑިއާގެ ހަ މީހެއް ކަމަށެވެ.

މި 37 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2187 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 389 މީހަކަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!