ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް އެދިއްޖެ

މާލެ ސަރަހައްދުގައި ލޮކްޑައުނަށް ލުއިދިން ނަމަވެސް ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ގޮތް ހަދާފައިވާއިރު، ބޭރުގައި އުޅެވޭނީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެންނެވެ. އަދި ހުއްދަ ނެތި ބޭރުގައި އުޅޭއިރު ތިން މީހުންނަށް ވުރެ ގިނައިން ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ގޭގެއަށް ޒިޔާރަތް ކުރުން ވެެސް ވަނީ މަނާކޮށްފައެވެ.

ޑރ.ލަތީފް ވިދާޅުވީ މި އެންގުންތަކަށް ބައެއް މީހުން ބޯނުލަނބާ މިހާރު ފެންނަނީ މާލޭގެ މަގުމައްޗަށް ވަރަށް ގިނައިން މީހުން އެއްވާތަން ކަމަށާއި މީގެ ސަބަބުން ކޮވިޑް ފެތުރުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

ކޮވިޑް މިގޮތަށް ފެތުރިއްޖެނަމަ ނަތީޖާ އަކަށް ވެގެން ދާނީ އަނެއްކާވެސް މާލެ ލޮކްޑައުން އަކަށް ދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަޑުމެންގެ އެދުމަކީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ބޭރަށް ނުކުމެވަޑައިން ނުގަތުން، އަދިވެސް ގޭގައި މަޑުކުރުން” ލަތީފް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!