މާލެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރެއް ޕޮޒިޓިވްވެއްޖެ

މާލެ ޖަލުގައި މަސައްކަތް ކުރާ ކަރެކްޝަންސް އޮފިސަރެއް ޕޮޒިޓިވްވެއްޖެއެވެ.

ކްރެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ، މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެ ސާވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާ އެކު އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!