ތި ލޯބި މޫނެތަން ދެކެނެހިތުން ހުޓެވެންނޫ ނުން: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ, ދަރިވަރުން ދެކޭ ހިތުން ކެތްމަދުވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާފައިވާ ވީޑިއޯއެއް ރިޓްވީޓް ކުރައްވައެވެ.

މިނިސްޓަރ ވިދާޅުވީ ނުފެނި މާގިނަ ދުވަސްވުމުން ހުރިހާ ކުދިން ވަރަށް މިސްވެ ހަނދާންވާ ކަމަށެވެ. އަދި ހުރިހާ ކުދިންގެ ލޯބި މޫނުތައް ދެކޭ ހިތުން ކެތްމަދުވާކަމަށާއި، މަދަރުސާތައް ހުޅުވޭނޭ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.

“ތި ތެއްޔެހެއި ކުއްދުނެ ވަރަން މިސް ވެއި! ނުފެނީ މާ ގިނެ ދޮފާ ވެގެ! ވަރަން ހަނދާނެވެއި! ތި ލޯބި މޫނެތަން ދެކެނެހިތުން ހުޓެވެންނޫ ނުން! މަދަރުސާން އެންނޭ ދޮފައެއްގެ އިންތިޒާރުގައި ތިހުއްޓިން،” އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!